ފުރަގަސް ފަރާތު މަގު(އިނގިރޭސި ބަހުން: Anal canal) އަކީ ހަޖަމުކުރާ ނިޒާމް ގެ އެންމެ ފަހަތަށް އިންނަ ބައެވެ. ފުރަގަސް ފަރާތު މަގު އިންނަނީ ޕެލްވިކް ޑައިއަފްރަމްގެ ތިރިން ފުރަގަސް ފަރާތްއާއި ފުރަގަސް ފަރާތު ދޮރު އާއި، ދެމެދުގައެވެ. ފުރަގަސް ފަރާތު މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 4-2.5 ސެންޓި މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އެހެންކަމުން މިބައި ފެށިފައި އިންނާނީ ފުރަގަސް ފަރާތު މަގު އާއި ފުރަގަސް ފަރާތް ގުޅޭ ކަނުން ނުވަތަ ހިސާބުންނެވެ. ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރު އަށެވެ. އަދި މިބައިގެ މަތިން އިންނާނީ ފުރަގަސް ފަރާތް އެވެ. އަދި ތިރިން ގޮސް ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރު އަށެވެ.

ފުރަގަސް ފަރާތު މަގު
Coronal section of rectum and anal canal.
Coronal section through the anal canal. B. Cavity of urinary bladder V.D. Ductus deferens. S.V. Seminal vesicle. R. Second part of rectum. A.C. Anal canal. L.A. Levator ani. I.S. Sphincter ani internus. E.S. Sphinear ani externus.
Latin canalis analis
Gray's subject #249 1184
Artery inferior rectal artery
Vein inferior rectal vein
Lymph superficial inguinal lymph node (below pectinate line) internal iliac lymph nodes (above line)
Precursor hindgut, proctodeum
MeSH Anal+Canal
Dorlands/Elsevier c_04/12208538

އެނަޓަމީ އުނިއިތުރު ގެންނަވާ

ފިރިހެނުންގެ ނަމަ ފުރަގަސް ފަރާތު މަގުގެ ކުރިމަތިން އިންނާނީ ޕެރިނިއަލް ބޮޑީ އެވެ. އަދި މިބުނި ޕެރިނިއަލް ބޮޑީ އަކީ ފުރަގަސް ފަރާތު މަގު އާއި ކުޑަކަމުދާ ހޮޅި ވަކިކޮށްދޭ ހުރަހެކެވެ. އަންހެނުންގެ ނަމަ މިބުނި ޕެރިނިއަލް ބޮޑީ އަކީ ފުރަގަސް ފަރާތު މަގު އާއި، އަންހެނާގެ ޖިންސީ ގުނަވަން ގެ ނިމޭކޮޅު ވަކިކޮށްދޭ ހުރަހެކެވެ.

ފުރަގަސް ފަރާތު މަގުގެ ފުރަގަހުން އިންނަނީ އޭނޯކޮކްސިޖިއަލް ބޮޑީ އެވެ. އަދި މިބުނި އޭނޯކޮކްސިޖިއަލް ބޮޑީ އަކީ ފުރަގަސް ފަރާތު މަގު އާއި، ކޮކްސިކްސްގެ ކޮޅު ވަކިކޮށްދޭ ހުރަހެކެވެ. އަރިމަތިން ފުރަގަސް ފަރާތު މަގުގެ މަތީބައި ޖެހިފައި އިންނާނީ ލެވޭޓަރ އޭނި މަސްގަނޑު ގައެވެ. އަދި އަރިމަތިން ފުރަގަސް ފަރާތުގެ މަގުގެ ތިރީބައި ޖެހިފައި އިންނާނީ އިސްކީއޯރެކްޓަލް ފޮސާ ގައެވެ.

އޭނަލް ސްފިންކްޓަރ އުނިއިތުރު ގެންނަވާ

އޭނަލް ސްފިންކްޓަރ އަކީ ފުރަގަސް ފަރާތު ވަށައިގެން ލެވިފައިވާ ސްފިންކްޓަރ ތަކެކެވެ. މިގޮތުން ދެސްފިންކްޓަރ އެއް އިނދެއެވެ. އެއީ އިންޓަރނަލް އޭނަލް ސްފިންކްޓަރ އަދި އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އެވެ.

އިންޓާރނަލް އޭނަލް ސްފިންކްޓަރ އުނިއިތުރު ގެންނަވާ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޓާރނަލް އޭނަލް ސްފިންކްޓަރ

އިންޓަރނަލް އޭނަލް ސްފިންކްޓަރ އަކީ ފުރަގަސް ފަރާތު މަގުގެ މަތީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ ސްފިންކްޓަރ އެވެ. މިއީ އަހަރެމެންގެ އިޚްތިޔާރަކާއި ނުލައި މަސައްކަތްކުރާ މަޑު މަސް ގެ ފަށަލައެކެވެ. މިފަށަލަ މަތިން ގޮސްގުޅިފައި އިންނަނީ ފުރަގަސް ފަރާތްގެ މަޑު މަސް ފަށަލަ އާއެވެ. ފުރަގަސް ފަރާތު މަގުގެ 2.5 ސމ ވަށައިގެން ވަނީ މިސްފިންކްޓަރ ލެވިފައެވެ. މިސްފިންކްޓަރ ގެ ބޯ މިނުގައި 5 މިލިމީޓަރު ހުރެއެވެ.

އިންޓަރނަލް އޭނަލް ސްފިންކްޓަރ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ މަޑު މަސް ގަނޑެކެވެ. ބޮޑުކަމުދިއުމުގެ ތެރޭގައި ފުރަގަސް ފަރާތު ދޮރު ބައްދާލުމަށް އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އަށް މިސްފިންކްޓަރ އެހީތެރިވެދެއެވެ.

އެކްސްޓާރނަލް އޭނަލް ސްފިންކްޓަރ އުނިއިތުރު ގެންނަވާ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެކްސްޓާރނަލް އޭނަލް ސްފިންކްޓަރ

އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އަކީ ފުރަގަސް ފަރާތު މަގުގެ ތިރީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ އަަހަރެމެންގެ ބާރުގެ ދަށުން މަސައްކަތްކުރާ ސްޓްރިއޭޓެޑް މަސް ފައިބަރު ގަނޑެކެވެ. އެކްސްޓަރނަލް ސްފިންކްޓަރ އަށް ލޭފޯރުކޮށްދެނީ އިންފިރީއާ ރެކްޓަލް ނާރު، އަދި 4 ވަނަ ސެކްރަލް ނާރު ގެ ގޮތްޕަކުންނެވެ. އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ ގެ ދިގުމިނުގައި 10-8 ސމ ވަރުހުރެއެވެ. މިސްފިންކްޓަރ ގެ އެހީގައި ބޮޑުކަމު ނުގޮސް ގިނައިރު ހިފަހައްޓައިގެން ހުރެވިދާނެއެވެ.

  • ނޯޓް: އާންމުކޮށް ފުރަގަސް ފަރާތް ކިޔަނީ ފުރަގަސް ފަރާތް(އިނގިރޭސި ބަހުން: Rectum) ، އަދި ފުރަގަސް ފަރާތު މަގު(އިނގިރޭސި ބަހުން: Anal canal) މިދެބަޔަށް އެއްކޮށެވެ. ނަމަވެސް އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ ޖެހިޖެހިގެން އިންނަ ދެބަޔެވެ.