މިޝޭލް ފްރާންސިއަސް ޕްލެޓިނީ އުފަންވީ 21 ޖޫން 1955 ގައި ފަރަންސޭސިވިލާތުގެ އިރު އުތުރު އަވަށެއް ކަމަށްވާ ޒިއުފް އަށެވެ. ޕްލެޓިނީގެ ފުރަތަމަ ރަސްމީ ފުޓުބޯޅަ މެޗު ކުޅުނީ އެންމެ 9 އަހަރުގައެވެ. މިޝޭލް ޕްލެޓިނީ ވަނީ 1982 ގައި އިޓަލީގެ ބޮޑު ބާރެއް ކަމުގައި ބެލެވުނު ޔުވެންޓަސް އަށް ކުޅ ބޮޑެތި ކާމިޔާބީތަކެއް އެޓީމަށް ހޯދައިދީފައެވެ. ޕްލެޓިނީ އަކީ މިހާރު ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސްއެވެ.

މިޝޭލް ޕްލެޓިނީ

ކްލަބް ކެރިއަރުގެ ފުރަތަމަ ދުވަސްވަރު އުނިއިތުރު ގެންނަވާ

މިޝޭލް ޕްލެޓިނީގެ ބައްޕަ އަކީ ފުޓްބޯޅަ ކޯޗެއް ކަމަށްވާ އަލްޑޯ ޕްލެޓިނީއެވެ. އަލްޑޯ އޭނާގެ ދަރއަށް ފުޓުބޯޅައިގެ ހުނަރުތައް ކިޔައިދީ ކޯޗުކޮށް ހެދިއެވެ. މިޝޢލް ޕްލެޓިނީ ބޮޑުވަމުން އައި ދުވަސްވަރު ޓްރެއިނިންގ އެކެޑެމީއެއްގެ ހިއްސާ އާއި ނުލައި ފުޓުބޯޅަ ކުޅުމުގެ ސަބަބުން އޭނާގެ ހުނަރު ތަރައްގީވެފައިވަނީ އެހެން ޕްރޮފެޝަނަލް ކުޅުންތެރިންނާ އަޅާކިޔާލެވޭ ވަރަށް ވުރެ މާ ތަފާތުކަން ބޮޑުކޮށެވެ. ޕްލެޓިނީ ކްލަބް ލެވެލްގައި އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެންފެށީ 10 ސެޕްޓެމްބަރ 1966 ގައި އޭ.އެސް.ޒިއުފް އަށެވެ.

1969 ގެ ޖޫނިއަރ މުބާރާތުގެ ފައިނަލްގައި ޕްލެޓިނީ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް އުމުރުން އެންމެ 16 އަހަރުގައި ކޫ ގަންބަޑޭލާ ޓޯރނަމެންޓްގައި ޒިއުފް ޖޫނިއަރސް އަށް މޮޅުކުޅުމެއް ދައްކާ މެޒް ޖޫނިއަރސް ބަލިކުރިއެވެ.