ނ.މަނަދޫ ނ.މަނަދޫ

ޚުލާސާ މައުލޫމާތު
އަތޮޅު މިލަދުންމަޑުލު ދެކުނުބުރި
އޮންނަތަން
އަކަމިން
އާބާދީ 1910
ދިގުމިން 1650 m
ފުޅާމިން 950 m
މާލެ އާއި ހުރި ދުރުމިން 176 km
އިދާރީ މައުލޫމާތު
ރަށު ކަތީބު {{{island_chief}}}
ރަށު އޮފީސް ފޯން ނަމްބަރު 6560029 960+
ރަށު ފެކްސް ނަމްބަރު 6560029 960+

މަނަދޫ އަކީ މިލަދުންމަޑުލު ދެކުނުބުރީ (ނ.އަތޮޅު) ވެރިކަންކުރާރަށެވެ. މަނަދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 1575 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ.

ތަފާސް ހިސާބުތައް އުނިއިތުރު ގެންނަވާ

ރަށް އުނިއިތުރު ގެންނަވާ

  • ރަށުގެ ބޮޑުމިން: 108 ހެކްޓަރ
  • ދިގުމިން:1650މީޓަރ
  • ފުޅާމިން: 950މިޓަރ
  • މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ
  • ލޮންޖިޓިއުޑް:73?24'38"E
  • ލެޓިޓިއުޑް: 05?45' 46"N
  • ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029
  • ކަތީބު: ސަޢީދު ޤާސިމް މާލްރޯޑް ނ. މަނަދޫ

އާބާދީ އުނިއިތުރު ގެންނަވާ

914 އަންހެނުންގެ ޖުމްލަ 996 ފިރިހެނުންގެ ޖުމްލަ 1910 ރަށުގެ އާބާދީގެ މުޅިޖުމްލަ 618 ކުޑަކުދިން ( 18 އަހަރުންދަށް ) 365 ފުރާވަރު (10-19 އަހަރު) 464 ޒުވާނުން(13-34 އަހަރު) 1307 މަސައްކަތްކުރާއުމުރު (15-64 އަހަރު) 728 ދަރިމައިވާޢުމުރު (15-49 އަހަރު) 47 މުސްކުޅި އުމުރު (65 އަހަރުންމަތި)

މަނަދޫގައި އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް އުނިއިތުރު ގެންނަވާ

  • މަސްވެރިކަން
  • އިމާރާތް ކުރުމުގެ މަސައްކަތް
  • ވަޑާން ކުރުން
  • ދަނޑުވެރިކަން
  • ފަންގިވިނުން

މަނަދޫގައި އާމްދަނީ ލިބެންހުންނަތަންތަން އުނިއިތުރު ގެންނަވާ

  • ފިހާރަ (އަމިއްލަ) 18
  • ސައި ހޮޓާ 4
  • ވަޑާންގެ 5
  • ފާރމަސީ (އަމިއްލަ) 1
  • ފާރމަސީ(ސަރުކާރު) 1

ތަޢުލީމީ ޚިދުމަތް އުނިއިތުރު ގެންނަވާ

  • ނ. އަތޮޅު މަދަރުސާ 1
  • ނާސަރީ ސްކޫލް (އަމިއްލަ) 1
  • އެންމެ މައްޗަށް ކިޔަވައިދެނީ ގްރޭޑް 12

މަނަދޫގެ ސިއްޙީ ޙިދުމަތްދޭ ތަންތަން އުނިއިތުރު ގެންނަވާ

ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ.

މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން:

  • ފޫޅުމައިން 2
  • ޑޮކްޓަރުން 3
  • ފާމަރސިސްޓުން 1
  • ނަރުހުން 6
  • ކޮމިއުނިޓީ ހެލްތް ވޯކާރސް 2
  • ފެމިލީ ހެލްތް ވޯކާރސް 2
  • ފާމަސިސްޓްސް ރައްޔިތުންގެ1
  • ދިވެހި ބޭސްވެރިން 4

= މަނަދޫގެ ބިމާބެހޭ މަޢުލޫމާތު އުނިއިތުރު ގެންނަވާ

  • ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު 512
  • ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 337
  • ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 124
  • މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 884
  • މިސްކިތް (ފިރިހެނުންގެ) 2

މަނަދޫގައި ދުއްވާ ވެހިކަލްތައް އުނިއިތުރު ގެންނަވާ

  • ބައިސްކަލް 107 އަމިއްލަ
  • އެމްބިއުލާންސް 1 ސަރުކާރު
  • ޕިކަޕް 5 އަމިއްލަ
  • ސައިކަލް 212 (އަމިއްލަ)

މަނަދޫގައި ދުއްވާ ކަނޑު އުޅަނދުފަހަރު އުނިއިތުރު ގެންނަވާ

  • ލޯންޗް 9 ރިސޯރޓްގައި ބޭނުންކުރާ
  • ބޮއްކުރާ 2 ރިސޯރޓްގައި ބޭނުންކުރާ
  • އިންޖީން ދޯނި 13 މަސްވެރިކަން
  • ވަދު ދޯނި 10 މަސްވެރިކަން
  • ރިޔާ ދޯނި 2 މަސްވެރިކަން
  • ޔޮޓް ދޯނި 3 ރިސޯރޓްގައި ބޭނުންކުރާ
  • ސަތަރި ދޯނި 2 މާލެއާއި އަތޮޅުތަކުގެއި ދުއްވުމަށް

ބޮޑެތި ހާދިސާތައް އުނިއިތުރު ގެންނަވާ

ސުނާމީ ކާރިސާ އުނިއިތުރު ގެންނަވާ

2004 ޑިސެމްބަރ 18 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަނަދޫއަށްވެސް ރާޅު އަރާފައިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. އަދި ސުނާމީއާ ގުޅިގެން މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމަކަށްވެސް ރެކޯޑް ކުރެވިފައެއްނުވެއެވެ. ގެލެރީގައި ސުނާމީ ކާރިސާގައި މަނަދޫއަށް ލިބުނު ގެއްލުންތައް ފެނިގެންދާނެއެވެ.

މަނަދުއާ ގުޅޭ ލިންކްތައް އުނިއިތުރު ގެންނަވާ

މަނަދޫލައިވްގެ ހޯމްޕޭޖް
ނ.އަތޮޅު އޮފީހުގެ ވެބްސައިޓް



ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް