އޮށް ދުޅަވުން(އިނގިރޭސި ބަހުން: Orchitis) އަކީ އުރަވަޅި ތެރޭގައި އޮންނަ އޮށް ގައި އިންފްލެމޭޝަން އުފެދި، ދުޅަވުމެވެ. ބައެއް ފަހަރު މިހާލަތުގައި އޮށުގައި އިންފެކްޝަން އަށަގަންނަ ގޮތްވެއެވެ. އޮށް ދުޅަވުން އަކީ ތަދު ވަރަށް ބޮޑަށް އިހްސާސް ކުރެވޭނެ ކަމެކެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

އޮށްދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، މަންޏާއެކު ލޭއައުން، ކުޑަކަމުދާތަކެތީގައި ލޭހުރުން، އާދަޔާޚިލާފަށް ގަދަޔަށް އޮށުގައި ރިހުން، އަދި އޮށް ދުޅަވެފައިވާ ފަރާތުގެ ފައިވަޅުގައި ގޮށްލުން ފަދަ ކަންތައްތައް ހިމެނެއެވެ.

ވަރަށް ގިނަ ފަހަރު އޮށް ދުޅަވުން ކުރިމަތިވަނީ މަނި ގުދަން ގައި އުފެދޭ އިންފެކްޝަން ގެ އަސަރު އޮށް އަށް ފޯރުމުންނެވެ. އާންމު ގޮތެއްގައި މިމައްސަލަ ކުރިމަތިވާން ދިމާވަނީ ޖިންސީ ގުޅުމުން ޒަރީޢާއިން ފެތުރޭ ބަލިތައް ކަމުގައިވާ ކިހުނުވުން އަދި ކްލަމީޑިއާ އިންފެކްޝަން ގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ކޯފުއްޕި ޖެހުމުން ބައެއް ޒުވާނުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ.