އެވިންގްސް ސާރކޯމާ(އިނގިރޭސި ބަހުން: Ewings sarcoma) އަކީ ކަށީގައި ކެންސަރުގެ ގަނޑު އުފެދުމެވެ. އުމުރުން 15-5 އަހަރާއި ދެމެދުގެ ކުދިންނަށް އާންމުކޮށްޖެހޭ ކެންސަރުގެ ބާވަތެކެވެ.

އަލާމާތްތައް އުނިއިތުރު ގެންނަވާ

އޮސްޓިއޯޖެނިކް ސާރކޯމާ އާއި އެވިންގްސް ސާރކޯމާގެ އަލާމާތްތައް ތަފާތެއް ނެތެވެ. ބަލިޖެހިފައިވާ ހިސާބުގެ ކަށިގަނޑުގައި ރިހުމާއި، އެއްދުވަހުން އަނެއްދުވަހަށް ރިހުން ބޮޑުވަމުންދިއުމާއި، ބަލިޖެހިފައިވާ ހިސާބުގެ ކަށިގަނޑު ދުޅަވުން ހިމެނެއެވެ.

ފަރުވާ އުނިއިތުރު ގެންނަވާ

  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. މިކެންސަރަށް ފަރުވާ ކުރުމުގައި އޮޕަރޭޝަންގެ ނަތީޖާ މާރަގަޅު ނޫންކަންވަނީ ފާހަގަ ކުރެވިފައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005