އިސްލާމް ދީން
އިސްލާމް (ޢަރަބިން: اسلام = ﷲ އަށް ބޯލެނބުން) އަކީ ތައުޙީދީ ދީނެކެވެ. އިސްލާމްދީނަކީ ސަމާވީ ދިންތަކުގެ ތެރެއިން ދީނެކެވެ. އިސްލާމް ދީނަކީ މިއަދު ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ ދީނެވެ. މި ދީނުގައި އުޅޭ މީހުންނަށް ކިޔަނީ މުސްލިމުންނެވެ.
|
އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.
އިސްލާމް ދީނަކީ: ތައުޙީދުގެ މަތީ ﷲ އަށް އަމާންދީ ބޯލަނބައި ކިޔަމަންވުމެވެ. އަދި ޝިރުކާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ. މިއީ އިސްލާމް ދީނަކީ ޢާންމު ތަޢުރީފެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ޛިކުރުކުރައްވާފައިވާ، އަދި އެކަލޭގެފާނުގެ އަރިހުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްޥައްހާބް رحمه الله އެކަލޭގެފާނުގެ "ثَلَاثَةُ الْأصُولُ" ގައި ނަޤުލުކުރައްވާފައިވާ ތަޢުރީފެވެ.[1] މިއީ އިސްލާމް ދީނުގެ ޢާންމު މާނައެވެ.[2]
އިސްލާމްދީނުގެ ޢަޤީދާތައް އުނިއިތުރު ގެންނަވާ
ﷲގެ އެއްކައުވަންތަކަމަށް އީމާންވުން އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތައުޙީދު
މަލާއިކަތުންނަށް އީމާންވުން އުނިއިތުރު ގެންނަވާ
ﷲ ބާވައިލެއްވި ފޮތްތަކަށް އީމާންވުން އުނިއިތުރު ގެންނަވާ
ރަސޫލުންނަށް އީމާންވުން އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުސްލިމް ނަބީން
އާޚިރަތްދުވަހަށް އީމާންވުން އުނިއިތުރު ގެންނަވާ
މިންވަރަށް އީމާންވުން އުނިއިތުރު ގެންނަވާ
އިސްލާމްދީނުގެ އަޅުކަންތަކާއި ބައެއް ޝައާޢިރުތައް އުނިއިތުރު ގެންނަވާ
އިސްލާމްދީނުގެ ރުކުންތައް އުނިއިތުރު ގެންނަވާ
އިސްލާމް ދީނުގެ ރުކުންތަކަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، ގެފުޅަށް ދާން ކުޅަދާނަވެއްޖެނަމަ ގެފުޅަށް ޙައްޖުވުމެވެ.
އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.[2]
ހިތުގެ އިޢްތިޤާދާ އެކު މި ފަސް ރުކުން ކޮންމެހެން ވެސް އަދާކުރަން ޖެހޭނެއެވެ. މި ފަސް ރުކުނުގެ އިތުރަށް ދެންހުރި ވާޖިބު ކަންކަންކަމާއި، މުސްތަޙައްބު (ސުންނަތް) ކަންކަމަކީ މި ފަސް ރުކުން ފުރިހަމަކޮށްދޭ ކަންކަމެވެ. އެއީ މި ރުކުންތަކުގެ އިތުރަށް ކޮންމެހެން ވެސް ފުރިހަމަ ކުރަން ޖެހޭ ވާޖިބު ކަންތައްތަކާއި، ފުރިހަމަކުރުން އެދެވޭ މުސްތަޙައްބު ކަންތައްތަކެވެ. މި ފަސް ރުކުނަކީ އިސްލާމް ދީން އޭގެ މައްޗަށް ބިނާވާ އަސާސްތަކެވެ. ދެންހުރި ވާޖިބުތަކާއި ސުންނަތްތައް އަންނާނީ އޭގެ ފަހުގައެވެ. މީހަކު މި ފަސް ރުކުން ނުވަތަ އެއިން ބައެއް ދޫކޮށްފައި ދެން އެހެން ވާޖިބު ނޫނީ ސުންނަތް ކަންކަން ކުރިއަސް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އޭރުން އޭނާގެ އަމަލުތައް އެ ބިނާކުރީ އަސާސެއް ބިންގަލެއް ނެތިއެވެ. ބިނާއެއް ކޮޅަށް ހުންނާނީ އޭގެ ބިންގަލުގެ މައްޗަށެވެ.
ޝަހާދަތް އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޝަހާދަތް
އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ދުލުން ހެކިވެ ހިތުން އެކަން ޤަބޫލުކުރުމެވެ.
ނަމާދު އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނަމާދު
ޒަކާތް އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޒަކާތް
ރޯދަ އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރޯދަ
ޙައްޖު އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙައްޖު
އިސްލާމީ އަދަބުއަޚްލާޤް އުނިއިތުރު ގެންނަވާ
އިސްލާމީ ޢީދުތައް އުނިއިތުރު ގެންނަވާ
ޢާއިލާއާއި މުޖުތަމަޢު އުނިއިތުރު ގެންނަވާ
މިސްކިތްތައް އުނިއިތުރު ގެންނަވާ
ޖިހާދު އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖިހާދު
އިސްލާމީ ޝަރީޢަތް އުނިއިތުރު ގެންނަވާ
އިސްލާމީ ތާރީޚު އުނިއިތުރު ގެންނަވާ
އިސްލާމްދީނަށް ނިސްބަތްވާ ބައެއް ފިރުޤާތައް އުނިއިތުރު ގެންނަވާ
ސުންނީން އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސުއްނީ މުސްލިމުން
ޝީޢީން އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޝީޢީ މަޛްހަބު
ޞޫފީން އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޞޫފީން
ޚަވާރިޖުން އުނިއިތުރު ގެންނަވާ
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޚަވާރިޖުން