މިއީ ކުޅަނދިލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ލެވިފައިވާ ހަންކޮޅެކެވެ. މިހަންކޮޅު ބޮޑުވެގެން އަންނަނީ ކުޑަ ތުންފަތުގެ ބައެއްގެ ގޮތުގައެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުގައި މިހަންކޮޅާއި އެއްގޮތް އެއްޗެއްކަމަށް ބުނެވެނީ ޚިތާނު ނުކުރާ މީހުންގެ ފިރިހެންހަށީގެ ބޮލުގެ ކޮޅުގައި އޮޅިފައިވާ ހަންކޮޅެވެ.

ކުޅަނދިލި ބުރުގާ

މިހަންކޮޅު ގެ ވަކި ސައިޒެއް ނުވަތަ ބައްޓަމެއް ނުވެއެވެ. ބައެއް މީހުންގެ ވަރަށް ބޮޑު ހަންކޮޅެއް ކުޅަނދިލީގެ ވަށައިގެން އިންނައިރު އަނެއްބަޔެއްގެ ވަރަށް ކުޑަ ހަންކޮޅު ހުންނަކަން ފާހަގަވެއެވެ. އެއްބަޔެއްގެ ހަންކޮޅު ފަހަތަށް ޖެހި ކުޅަނދިލީގެ ބޯ އެއްކޮށް ފެންނަން އިންނައިރު އަނެއްބަޔެއްގެ ހަންކޮޅުން ކުޅަދިނލި އިންނަނީ އެއްކޮށް ނިވައި ކުރެވިފައެވެ.