ކާތަކެތި ހެފުން(އިނގިރޭސި ބަހުން: Mastication) އަކީ އަނގައިގެ ތެރޭގައި ކާނާގެ ބޮޑެތި އެތިކޮޅުތައް ހަފައި ދިރުވަން ފަސޭހަ ކުދިކުދި އެތިކޮޅު ތަކަށް ހެދުމެވެ. ހެފުމުގެ މަސައްކަތުގައި އަނގައިގެ ތެރޭގައި ހުރި ދަތްތައް ބައިވެރިވެއެވެ. މީގެ އިތުރުން ތުންފަތް، ކޯ، ދޫ އަދި ކަތުރު ކަށިގަނޑުގެ ނުވަތަ ކޯކަށިގަނޑުގެ ހަރަކާތަކީ ކާތަކެތި ހެފުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ.

ކާތަކެތި ހެފުމުގައި ބައިވެރިވާ މަސްކޮޅުތައް އުނިއިތުރު ގެންނަވާ

ކާތަކެތި ހެފުމުގެ ތެރޭގައި ހަރަކާތްކުރެވޭ 4 މަސްކޮޅު ހުރެއެވެ. އެމަސްކޮޅުތައް ތިރީގައި މިވަނީއެވެ.

  • މަސީޓަރ މަސްކޮޅު
  • ޓެމްޕޯރަލިސް މަސްކޮޅު
  • އަރިމަތީ ޓެރިގޮއިޑް މަސްކޮޅު
  • މެދުތެރޭ ޓެރިގޮއިޑް މަސްކޮޅު

މިމަސްކޮޅުތަކުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ޓްރައިޖެމިނަލް ނާރު އިންނެވެ. އެއީ 5 ވަނަ ކްރެނިއަލް ނާރު އެވެ.

ކާތަކެތި ހެފުމުގެ ބޭނުން އުނިއިތުރު ގެންނަވާ

  • ކާތަކެތި ހެފުމަކީ ކާތަކެތި ދިރުވަން ފަސޭހަވާނެ ކަމެކެވެ. އެއީ ކާތަކެތި ހެފުމުގެ ތެރޭގައި ކުޅުއާއި އެއްވެ، ކާތަކެތި މަޑުކޮށް، ތެޔޮކޮށްދޭތީ އެވެ. މިގޮތަށް ވުމުން ފަސޭހަކަމާއެކު އެކާއެތިކޮޅެއް އެތެރެއަށް ދިރުވާލެވޭނެއެވެ.
  • ކާތަކެތި ހެފުމަކީ ކާތަކެތި ހަޖަމުވުމަށް ފަސޭހަވާނެ ކަމެކެވެ. އެއީ ކާތަކެތި ހެފުމުން ހަޖަމުކުރާ އެންޒައިމްތައް އަށް ކާތަކެތީގެ ސާރފޭސް އޭރިއާ އިތުރުވެގެންދާތީ އެވެ. ޚާއްޞަކޮށް މޭވާ ތަރުކާރީ ފަދަ ތަކެތި ކާއިރު މިގޮތަށް ހެފުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މިފަދަ ތަކެތި ހެފުމުން އޭގައި އެކުލެވޭ ސެލިޔުލޯސް ފަށަލަ ބައިބައިވެގެން ދާތީއެވެ.
  • ކާތަކެތި ހެފުމަކީ މައިދާ އާއި، ކުޑަ ގޮހޮރު އަދި ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ތަކަށް ލިބޭ މެކޭނިކަލް ގެއްލުން ކުޑަކޮށްދޭނެ ކަމެކެވެ.
  • ކާތަކެތި ހެފުމަކީ ވަސް ދެނެގަތުން، އަދި ރަހަ ދެނެގަތުން އަށް ޚާއްޞަ ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލިކުރުވާ ކަމެކެވެ.