ބަނދި
ބަނދި އަކީ ވަޒަން ބަހުރުވައިގެ އެންމެ ކުރީގެ ވައްތަރު. އެވެ. މިއީ އެއްގޮތަށް ހުއްޓޭ ބަސްތަކަކުން އެކުލަވައިފައި އޮންނަ ފަތިވަރެކެވެ. އިހުޒަމާނުގައި ވަޒަން ހަމަވާގޮތަށް ހަދައިގެން ވަޒަން ބަހުރުވައިން ރާގަކަށް ކިޔާއުޅުނު ބަސްފަތިވަރަށް ވެސް ކިޔަނި ބަނދި އެވެ. މިއީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން އުމުރުން އެންމެ ދުވަސްވެފައިވާ އެންމެ މުސްކުޅި ބާވަތުގެ ޅެމެވެ.
ސިލްސިލާ ލިޔުންތަކުގެ ބައި ދިވެހި ޅެމުގެ ބައިތައް |
ޅެމުގެ ބައިތައް |
ބަނދީގެ ބާވަތްތައް އުނިއިތުރު ގެންނަވާ
ފަންޑިތަވެރިން ބޭނުންކުރާ ބަނދި އުނިއިތުރު ގެންނަވާ
ފަންޑިތަވެރީން ފަންޑިތަ ހެދުމަށް ބޭނުންކުރާ ބޭނުންކުޅަ އެތައް ބަނދިތަކެއް އިހަށް ގެންގުޅުނެވެ. މިހާރު އެބަނދިތައް އުވެމުންގޮސް ނެތުމާ ގާތަށް ހިގައްޖެއެވެ. މިވައްތަރުގެ ބަންޖެއްގެ މިސާލު ހުށަހަޅައިލަމެވެ.
ދިޔޯ އިތުރު ބޮޑު ކަންނާ
ހެދިހަވަށް ވަޑައިގަންނާ
ފައިދޮންނަ ގަލެއް ކަމުލީ
ފީރޯޒް ގަނޑެކެ ނަންކީ
ކުދިން މަސަލަސް ކުރުމުގައި ބޭނުންކުރާ ބަނދި އުނިއިތުރު ގެންނަވާ
ކުދިން މަސަލަސް ކުރުމުގައި ބޭނުންކުރާ ބަނދީގެ މިސާލު ތިރީގައި މިވަނީ އެވެ.
މާކަނަޔޯ ޑިނގާރަޔޯ
މަތިން ދަމުން ބަނޑިޖެއްސޯ
ތަކަފަލަގޭ ދޮރުމައްޗަށް
އަރާރުން ހަދައިލައިފައި
ގޮސް އެއިނީ އަތިރީޔޭ
އެއްގަމު ތިން މަސް ދުވަހޭ
ކަނަޔަކަށް ހަމަސް ދުވަހޭ
ބޮޑު ބުޅަލެއް ފިލާއޮތޯ
ދުމަށިމަތީ އަރާއޮތޯ
މާމަކެއްކި ގަރުދިޔަތެލި
ބޯލައިގެން ނިދަން އޮތޯ
މާމަ ވަރަށް ރުޅިއައިސްގެން
އެ ބުޅާ ނެރެ ފަހައިގަތޯ
ފޫހިފިލުވާން ކިޔާ ބަނދި އުނިއިތުރު ގެންނަވާ
ފޫހި ފިލުވަން ކިޔާ ބަނދީގެ މިސާލެއް ތިރީގައި މިވަނީއެވެ.
ސަމަންދަރޯ ސަމަންދަރޯ
މާކަނޑުމާ ސަމަންދަރޯ
ސަމަކުރަނދި ކަޅުބިލަމަސް
ދަހިވެވިގެން ކަޅިވެވިގެން
މިއޮޑިއަށް އަރާބާނީ މަރަޖަލްބަޙްރާއިނީ
ސަމަންދަރޯ ސަމަންދަރޯ
މާކަނޑުމާ ސަމަންދަރޯ
އޭސިލުބޭ މީސިލުބޭ
ވަކަށް އަރައި ގަތް ސިލުބޭ
އެސިލުބު ބަތް މާވަޑިޔާ
މިސިލުބު ބަތް މާވަޑިޔާ
ރަތުރޭރޭ ރިހަ ކަންޏާ
ގޮދަން ހަނޑުލު ބަތްކައްޏާ
ރަންދެރަން އެދެއް ގައްޔާ
ރަން ކަންނެޔޮ ލައިފައްޔާ
ބަނދީގެ ސިފަ އުނިއިތުރު ގެންނަވާ
ބަނދީގެ ވަކި ގޮތްކައް ހުރެއެވެ
ބަނދީގެ ވަޒަން އުނިއިތުރު ގެންނަވާ
ބަނދީގެ ވަޒަނަކީ 12 ފިއްޔެވެ.
ބަސްތަކުގެ އަދަދު އުނިއިތުރު ގެންނަވާ
ބަސްތަކުގެ އަދަދަކަށް ވަކި މިންވަރެއް ނޯވެއެވެ. ވަރަށް ދިގު ބަނދި ހުންނަ ފަދައިން ވަރަށް ކުރު ބަނދި ވެސް ހުރެއެވެ.
ފިލިކޯޅި އާއި ބަނޑުވައް އަކުރު އުނިއިތުރު ގެންނަވާ
ބަނދީގެ ބަސްތަކުގެ ފެށޭ ތަންތާގައި ފިލިކޯޅި އާއި ބަނޑުވައް އަކުރު އެއްގޮތް ވެފައެއް ނުހުރެއެވެ. ހަމަ މިހެން އަކުރުތައް އިސްފަސްކޮށް އޮޅުވާފައެއް ވެސް ނުހުރެއެވެ.
ރިފަރެންސް އުނިއިތުރު ގެންނަވާ
- ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު