ނޯއެޑްރެނަލިން ނުވަތަ (އިނގިރޭސި ބަހުން: Noradrenaline) އަކީ އެޑްރީނަލް މިޑުލާ(Adrenal medulla) ގައި ހިމެނޭ ކްރޯމަފިން ސެލް(Chromaffin cell) ތަކުން އުފައްދައި ލޭގެ ތެރެއަށް ދޫކުރާ ހޯރމޯން އެކެވެ. މިއީ ސެންޓްރަލް ނާރވަސް ސިސްޓަމް އަދި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް ގައި މަސައްކަތްކުރާ ނިއުރޯ ޓްރާންސްމިޓަރ އެއްވެސް މެއެވެ. މިހޯރމޯން އަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި ނޯއެޕިނެފްރިން(Norepinephrine) ހިމެނެއެވެ.