ހާރޓްނަޕް ބަލި(އިނގިރޭސި ބަހުން: Hartnup Disease) އަކީ އެމިނޯ އެސިޑް ، ޓްރައިޕްޓަފާން މެޓަބޮލިޒަމް ގައި އުފެދުމުގައި ހުންނަ ޢައިބެކެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ އުފެދުމުގައި ހުންނަ ކަމެއްގެ ސަބަބުން ޓްރައިޕްޓަފާން މެޓަބޮލިޒަމް އަށް ދިމާވާ މައްސަލަ އެކެވެ.

ބައްޔަށްކިޔާ އެހެނިހެން ނަންތައް އުނިއިތުރު ގެންނަވާ

ހާރޓްނަޕް ބަލި(އިނގިރޭސި ބަހުން: Hartnup Disease) އަކީ އެމިނޯ އެސިޑް ، ޓްރައިޕްޓަފާން މެޓަބޮލިޒަމް ގައި އުފެދުމުގައި ހުންނަ ޢައިބެކެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ އުފެދުމުގައި ހުންނަ ކަމެއްގެ ސަބަބުން ޓްރައިޕްޓަފާން މެޓަބޮލިޒަމް އަށް ދިމާވާ މައްސަލަ އެކެވެ.

އާންމު ގޮތެއްގައި ޓްރައިޕްޓަފާން ގެ މެޓަބޮލިޒަމް ގެ މަސައްކަތު ތެރޭގައި ވިޓަމިން ބީގެ ވައްތަރެއްގެ ކަމުގައިވާ ނިއެސިން ނުވަތަ ނިކޮޓިނިކް އެސިޑް އުފައްދައެވެ. މިބުނި ވިޓަމިން މަދުވުމަކީ ޕެލެގްރާ ކިޔާ ވިޓަމިންބީ މަދުވުމުގެ ވައްތަރެއް މެދުވެރި ކުރުވާ ކަމެކެވެ.

ހާރޓްނަޕް ބަލީގައި ގުރުދާގެ ހޮޅިތަކުން ޓްރައިޕްޓަފާން އަނބުރާ ހަށިގަނޑަށް ނެގުމުގައި ހުރަސްތަކާ ކުރިމަތި ވެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގައި ޓްރައިޕްޓަފާން މަދުވެ، ކުޑަކަމުދާ ތަކެތީގައި ޓްރައިޕްޓަފާން ގެ މިންވަރު މަތިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ނިއެސިން އުފެއްދުމަށް ބޭނުންވާ ވަރަށް ޓްރައިޕްޓަފާން ލިބޭގޮތް ނުވެއެވެ.

ހާރޓްނަޕް ބަލި ޖެހުމަށް މަގުފަހިކުރާ ކަންތައް ތަކުގެ ތެރޭގައި ، ރަގަޅު ކާނާ ނުލިބުން، އަވީގައި މާގިނައިރު އުޅުން، ނަފްސާނީ ހާސްކަމާ ކުރިމަތިލާން ޖެހުން، އަދި ސަލްފޮނަމައިޑް އެކުލެވޭ ބޭސް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ހާރޓްނަޕް ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ހަށިގަނޑުން ހާމަކޮށް ފެންނަން ހުންނަ ހިސާބުތަކުގައި ޕެލެގްރާ ޖެހުމުން ފެންނަ ކަހަލަ ތޮށި ހުންނަ ބިހިތަކެއް ނެގުން، އަދި މީހާގެ ސުލޫކާއި އުޅުމަށް ބަދަލުއައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ނާރުތަކުގެ ނިޒާމްގެ މައްސަލަތައް، އަދި ހަޖަމުކުރާ ނިޒާމްގެ މައްސަލަތައްް، ފަދަ ކަންތައްތައް ހިމެނެއެވެ.

މިބަލި ޖެހުމުން ފެންނަ އުދަގޫތައް ނިއެސިން ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުންކުރުމުން ކުޑަވެއެވެ. އަދި ޕްރޮޓީން މަތި ކެއުމެއް ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އުމުރުން ދުވަސްވާވަރަކަށް ބަލީގެ އުދަގޫތައް ކުރިމަތިވާލެން ކުޑަކަން ފާހަގަ ކުރެވެއެވެ.