ހއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ހއ. ދިއްދޫގައި ހުންނަ ތަޢުލީމީ މުއައްސަސާއެކެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އެޅީ 15 ނޮވެންބަރު 1980 ގައެވެ. ބިންގާ އަޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެެ. މި މަރުކަޒު ހުޅުއްވައިދެއްވީ 7 ޖަނަވަރީ 1982 ގައި އޭރުގެ މިނިސްޓަރ އޮފް ޕްރޮވިންޝަނަލް އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު ޢަބުދުﷲ ޙަމީދެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރުމަށް ޓަކައި އައިޑީއޭ ވޯލްޑް ބޭންކުން ފަންޑުކުރިއެވެ.

ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
ނަން

ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

ޤައުމު

ދިވެހިރާއްޖެ

ހިންގަން ފެށުނީ 7 ޖަނަވަރީ 1982
ފެންވަރު

ޕްރައިމަރީ،ސާނަވީ، މަތީ ސާނަވީ

ކުލަ ފެހި، ނޫ، ހުދު
މޮޓޯ އުނގެނޭށެވެ. ޢަމަލު ކުރާށެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލޯގޯ

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ފެށިގެން އައީ 74 ދަރިވަރުންނާ އެކުގައެވެ. ކިޔަވައިދެއްވުމަށް ޓަކައި ދެ ޓީޗަރުން އޭރު އުޅުއްވިއެވެ. ތަޢުލީމީ މަރުކަޒު ހިންގުމާ ޙަވާލުވެވަޑައިގަތީ އެޑްމިނިސްޓްރޭޓަރު އަލްފާޟިލް މުޙައްމަދު ނަޞީރު ޔޫސުފެވެ.

1997 ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ފުރަތަމަ ފަހަރަށް ޖީސީއީ (އޯ ލެވެލް) އިމްތިޙާނުގައި ބައިވެރިވިއެވެ.

ރިފަރެންސް އުނިއިތުރު ގެންނަވާ

http://haaec.edu.mv/about-us/